ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުތަކާއި ދިމާކޮށް ބަދިގެތަކަށް ވަދެ ކައްކައިދީ އުޅުނީ އެމްޑީޕީ: މެމްބަރު ޝަރީފް

ހއ. ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ގޮސް ބަދިގެތަކަށް ވަދެ ކައްކައިދީ އުޅުނު ބަޔަކީ އެމްޑީޕީ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްދިޔަ ”ޑޯޓުޑޯ“ ހަރަކާތުގެ ތެރެއިން ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މެމްބަރު ޝަރީފް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ވަކިން ހާއްސަކޮށް މާލެ ސިޓީގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާ ރައީސަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނީ ނުހުންނަވާނެ ކަމަށެވެ. އަދި ރައީސް ރައްޔިތުންނާ ބައްދަލުކުރައްވަނީ އިންތިޚާބާ ދިމާކޮށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

”އިންތިޚާބުތަކާއި ދިމާކޮށް ރައްޔިތުންގެ ގާތަށްގޮސް ބަދިގެ ތެރެއަށްވަދެ ކައްކަދީ އުޅުނުބަޔަކީ އެމްޑީޕީ،“ މެމްބަރު ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ވާހަކަތަކުން ހާމަވަނީ އެމްޑީޕީއަކީ ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރާނެ ބައެއް ނޫން ކަމެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަނީ އެމްޑީޕީން މި އިންތިޚާބު ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ މި ސަރުކާރުކަން އެމްޑީޕީއަށް މިހާރު ގަބޫލުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެއްވެސް ޕްލޭނެއް ނެތިއެވެ. ނަމަވެސް މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދަނީ ހަގީގީ މާނައިގައި ގައުމުގެ ކަންކަން ހިންގަންވާ ގޮތަށް ކަމަށާއި، ރައީސް ޑރ. މުއިއްޒު ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ޝަރީފްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ދިވެހި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ”އާއެކޭ“ ބުނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: