ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިން ގެއަށް ބަދަލުކުރެވޭނެ ދުވަހެއް ބުނާކަށް ނުކެރޭނެ–- އަދުރޭ

ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ޖަލު ބަންދުގައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައެްޔޫމް، ގޭ ބަންދަށް ބަދަލުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި ވަކި ތާރީޚެއް ބުނާކަށް ނުކެރޭނެ ކަމަށް، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން، ވިދާޅުވީ، މިއަދު ޕީޕީއެމް އޮފީހުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަންގުން  ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރެވެންދެން އެމަނިކުފާނު ގެއަށް ބަދަލުކުރެވޭނެ ކަމަށާއި އެންމެ ލަސްވެގެން ޖެނުއަރީ 6 ގައި އެމަނިކުފާނު ގެއަށް ބަދަލުކުރެވޭނެ ކަމަށް، ޕީޕީއެމުން ބުނެފައިވާތީ، އެއީ ކޮން ގޮތަކުން ވިސްނައިގެން ބުނި ތާރީޚެއްތޯ ސަންގުން ސުވާލު ކުރުމުން  އަދުރޭ ވިދާޅުވީ އެއީ އެކިއެކި ފަރާތްތަކާއެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން، ލިބުނު ތާރީޚެއް ކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުއްވީ އެމައްސަލަ ބެއްލެވި 5 ގާޟީންގެ އިއްތިފާގުންނެވެ. އަދަބާގުޅޭގޮތުން ދައުލަތުން ވިދާޅުވީ މިއީ އެކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ 5 އަހަރުގެ ޖަލު ހުކުމް އަންނަން ޖެހޭކަމަށެވެ. އަދި ޖޫރިމަނާ ކުރަން ޖެހޭނީ މަނީލޯންޑަރިން ކުރި އަދަދަށްވުރެ 5 ގުނަ އިތުރުނުވާނެ ޢަދަދުކަން ފާހަގަ ކުރެއްވިއެވެ.

ހުކުމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިނަމަވެސް އިތުރު ވާހަކަ ދެއްކެވުމަށް ފުރުސަތު ޝަރީޢަތުން ނުދެއްވައެވެ. އެމަނިކުފާނުގެ ވަކީލުން ވަނީ ޖޫރިމަނާގެ ޢަދަދު ކުޑަވާން ޖެހޭނެ ކަން ފާހަގަ ކުރައްވާފައެވެ. ރައީސް ޔާމިންގެ މައްޗަށް އަދަބު ކަނޑައެޅުއްވީ ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިޢާޔަތްކުރައްވައި ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ހުކުމުގައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ފުރިހަމަވާން ޖެހޭ ދެ އުންސުރުވެސް ފުރިހަމަވެފައިވާކަން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވެއެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް ރައީސް ޔާމިނަށް މެދުވެރިވިކަން ހެކިންގެ ހެކިބަސްހުންނާއި ކިތާބީ ހެކީގެ އަލީގައި އެނގޭ ކަމަށް މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރޭގައި އަލީ ރަޝީދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: