ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ނިޒާމު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ| ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރަން ވަރަށް ބޮޑަށް ބޭނުންވެ، އެ ނިޒާމު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިހާބެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި ވޯޓަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ މުހިންމު ވޯޓެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަން ރައީސް ވިދާޅުވިއެވެ،

”މިކަންކަން މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިއަށް އޮތް ދުވަސްތަކަށް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް އަޅުގަނޑުމެން ބޭނުންވަނީ. އެ ސަޕޯޓް ދޭނީ އެ ނިޒާމުގެ ތެރެއިން އެސަޕޯޓް ދޭނެ އެއްބާރުލުން ދޭނެ ބަޔަކު އެތާ ތިބީޔާ“ 

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރިއަށްގެންދެވޭ ނަމަ އޭގެ ހެވާއި ލާބަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރަށް އެއްބާރުލުން ދޭނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން، އެގޮތަށް ރައްޔިތުން ނިންމަވައިފި ނަމަ އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށް ވިދާޅުވެ ރައީސް ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: