ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އެއްވެސް ގައުމެއް ރަނގަޅު ޒުވާނުންގެ މަސައްކަތާ ނުލާ ކުރިއަރާފައި ނެތް: ނައިބް ރައީސް

ނައިބްރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެއްވެސް ގައުމެއް ހަރުދަނާ ރަނގަޅު ޒުވާނުންގެ މަސައްކަތާ ނުލައި ކުރި އަރާފައި ނެއް ކަމަށް، ރައީސުލްޖުމްހޫރިޔާގެ ނައިބް ފައިސަލް ނަޒީމް މވިދާލުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ލާމަސީލު ޒުވާނާ” ކޭމްޕް ފެށުމުގެ ރަސްމިއްޔާތު  ޝަރަފުވެރިކޮށްދެއްވަމުންނެވެ.

ފައިސަލް ވިދާޅުވީ، ރަނގަޅު ޒުވާނުންގެ ޖީލެއް ލިބުމަކީ ގައުމެއް ކުރި އަރައި ދިއުމުގެ އެއް ސަބަބު ކަމަށެވެ. އަދި ޒުވާނުންނާ ނުލައި ގައުމެއްގެ އުފެއްދުންތެރިކަން ކުރި ނާރާނެ ކަމަށެވެ.

ގައުމުގެ ހަމަޖެހުމާއި އަމާންކަން ވެސް ދެމެހެއްޓޭނީ ލާމަސީލު ޒުވާން ޖީލެއް ބިނާކުރެވިގެން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ސަރަހައްދުގެ އެންމެ ކުރިއަރާފައިވަ ގައުމަށް ހެދޭނެ ކަމަށާއި އެކަން ކުރެވޭނީ ޒުވާނުންގެ އެއްބާރުލުމާއި ހިތްވަރު ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބުރަކޮށް މަސައްކަތްކުރުމާއި، ވިސްނުންތޫނު އަދި ހަރުދަނާ ބަޔަކަށް ޒުވާނުން ވުމަށް ނައިބް ރައީސް ނަސޭހަތްތެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: