ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑެއް ނުކުރަން: އީސީ

އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑު ކޮށްފައި ނުވާނެ ކަމަށާއި ދަފްތަރުގައި ރަޖިސްޓްރީ ކުރަނީވެސް އަދި ދަފްތަރުން ނަންތައް އުނިކުރަނީ ވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން ކަމަށެވެ. 

https://twitter.com/ElectionsMv/status/1216328177380773888

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިމިވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ކުރީގެ ސެކެރްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް އާއި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފު އާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ހިމެނެއެވެ.

އީސީން މިހެން ބުނެފައިވާއިރު އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ދަފްތަރުގައި ތިބި 14،000 މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދާދިފަހުން ވަނީ ތުހުމަތު ކުރައްވާފައެވެ.

“އަޅުގަނޑަކަށް ނޭނގޭ މިދާ ވަރުން ދަންޏާ އިންތިހާބާ ހަމައަށް ދާއިރު މި ދެ ޕާޓީގައި 10،000 މެމްބަރުން ވެސް ތިބޭނެ ކަމެއް” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދުވާލަކު އެއްފަހަރު ޕާޓީގައި އޮތްތޯ ބެލުމަށް ޗެކް ކުރުން ވަރަށް މުހިއްމު ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ މެދުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: