ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްވަޅުތައް ކޮނުމުގައި ވެސް ތިބެންވީ ހަމަ ބިދޭސީން ބާވައޭ ހިތަށް އަރާ!: އަޝްރަފް

އަޝްރަފް ޢަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ސަހަރާތަކުގައި ކައްވަޅުތައް ކޮނުމުގައި ވެސްތިބެންޖެހެނީ ހަމަ ބިދޭސީން ބާވައޭ ހިތަށް އަރާ ކަމަށާއި އެވަރުން އަހަރެމެން ތަހުޒީބުވެފައިވާ މިންވަރު ހިތަށް ވަދެއްޖެ ކަމަށް، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބިދޭސީންނަށް ބަރޯސާވާ މިންވަރު ދޭހަކޮށްދިނުމަށް އަޝްރަފް މިހެން ވިދާޅުވީ، އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އަޝްރަފުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ، އަހަރެމެންގެ ސަހަރާތަކުގައި އަހަރެމެންގެ ކަށްވަޅުތައް ކޮނުމަށާއި ކަށުފެން ޖަހަން ވެސް ތިބެންވީ ހަމަ ބިދޭސީން ބާވައޭ ހިތަށް އެރުމުން ތަރައްގީއާއި ތަހުޒީބުގެ ހަރުފަތުގައި އަހަރެމެން މި ތިބަ ހިސާބު ވެސް ހިތަށް ވަދެއްޖެ ކަމަށެވެ.

އަޝްރަފް މި ޕޯސްޓުކޮށްފައިވަނީ ހިތާމަފާޅުކުރައްވަމުންނެވެ.

މާލޭގެ އާސަހަރާގައި ކައްވަޅުތައް ކޮނުމުގައި ޚަރަކާތްތެރިވަނީ ގިނައިން ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: