ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ދެބައިކުޅަ އެއްބަޔަށް ލިމިޓްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ގޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ހުރެ، މޯލްޑިވް ގޭސްއިން ކަސްޓަމަރުންނަށް ގޭސް ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، ދެބައިކުޅަ އެއްބަޔަށް މަދުކޮށްފިއެވެ. މި ފިޔަވަޅަކީ ގިނަ ބަޔަކަށް ގޭސް ފޯރުކޮށްދިނުމުގެ މަގްސަދުގައި މިވަގުތަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯގެ ޕީއާރް ޝިފްލާ އިބްރާހިމް ވިދާޅުވީ، ގޭސް ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިހާރު 10 ކިލޯގެ ގޭސް ފުޅިއަކަށް އަޅައިގެން ވިއްކަނީ 5 ކިލޯގެ ގޭސް ކަމަށެވެ.

 ”މިއީ ގިނަ ބަޔަކަށް ގޭސް ފޯރުކޮށްދިނުމުގެ މަގްސަދުގައި މިވަގުތަށް އެޅި ފިޔަވަޅެއް“ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިފްލާ އިތުރަށް ވިދާޅުވި ގޮތުގައި، ގޭސް ވިއްކުން މިގޮތަށް ލިމިޓްކޮށްފައި ވަނީ ހަމައެކަނި މި ހަފްތާއަށެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. މިގޮތުން ތެލާއި ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު ޒަމީރު ވެސް ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މޯލްޑިވް ގޭސްއިން މިހާރު މަސައްކަތް ކުރަމުންދަނީ ލިބިފައިވާ ރިޒާވް ބޭނުންކޮށްގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: