ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެސްޓޯރެންޓެއްގެ ތެރޭގައި ބަނގުރާ ބޮއެ ވިއްކަމުން ދިޔަ ތިން މީހުން ހައްޔަރުކޮށްފި!

މީގެ ކުރިން މާލޭގެ މަގުމަތިން ދަބަހަށް އަޅައިގެން ވިއްކަން އުޅުނު ބަނގުރާ - ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރެސްޓޯރަންޓެއްގައި ބަނގުރާ ބޮމުން، އޭގެ ވިޔަފާރި ކުރަން ތިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:50 ހާއިރު މާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ތިން މީހަކު ބަނގުރާ ބޭނުންކޮށް ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމުން އެތަނަށް ގޮސް އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ގެންގުޅުނު ދަބަސް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އާއި 50 އަހަރުގެ ދެ ދިވެހިންނާއި 38 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: