ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަކީ ކޮންޖެސްޓެޑް ތަނެއް ކަމަށް ބުނެ އެމްޑީޕީން ”ކޮންޖެޝަން ފީ“ އެއް ނަގަން އުޅުނު: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަކީ ތޮއްޖެހިފައިވާ ހަލަބޮލި ތަނަކަށް ވުމުން، އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންގެ އަތުން ’ކޮންޖެޝަން ފީ‘ އެއް ނަގަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަމަށް ހައްލު ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައްޗަންގޮޅި އުތުރު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަމަށް ވަޑައިގަންނަވަން ވާނީ މާލޭގެ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތް އެނގޭ ބޭފުޅުން ކަމަށެވެ. އަދި 11 އަހަރުގެ މާޒީއަކަށް ފަހު ރައީސް މުއިއްޒު މޭޔަރުކަމަށް ރައްޔިތުން އިންތިޚާބު ކުރީ ވަރަށް ބޮޑު އުންމީދުތަކަކާ އެކު ކަމަށާއި، އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންގެ ބޭނުންތަކާ ގުޅޭ ވަރުގަދަ މެނިފެސްޓޯއަކާ އެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވަނީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން މާލޭގެ އާސަހަރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައވެ.

”ރައީސް މުއިއްޒު މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން އަޅުގަނޑުމެން އެންމެނަށް ފެންނާނެ މާލޭ މައްޗަން ގޮޅި އާސަހަރާ އޮތް ގޮތް. ވަރަށް ޖާގައިގެ ގޮތުން ކުޑަ ސަރަހައްދެެއް. މާލޭގެ އާސަހަރާއަކީ ފުރި ބާރުވެ ތޮއްޖެހިފައި އޮތް ތަނެއް. ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މި މަސައްކަތުން 98 ޕަސެންޓު ނިންމައިފައި ވަޑައިގަތީ“

ޝުޖާއު ވިދާޅުވީ މާލޭގެ މިސްކިތްތަކުގެ ހާލަތުވެސް އޭރު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، އެކަމުގެ ޝަކުވާ ރައީސް އާއި ހަމައަށް އޭރު އައި ކަމަށް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ހައްލުތައް ގެނައުމަށް ހުރިހާ މިސްކިތުގައި ސީސީޓީވީ ހަރުކޮށް މާލޭ ސިޓީ ކައުންސިލަށް ގުޅުވާލާ، ފުލުހުންނާއި އެކަން ހިއްސާކުރެއްވި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތްތަކުން ވައްކަން ކުރުމާއި، ނޭދެވޭ ހުރިހާ އަމަލެއް ނިމުމަކާއި ހަމައަށް އައި ކަމަށެވެ.

މާލެއަކީ ކޮންޖެސްޓެޑް ސިޓީއަކަށް ވާތީ ރައްޔިތުންގެ އަތުން ގަޑުކޮށް ޓެކްސްއެއް ނަގަން އެމްޑީޕީން ނަގަން އުޅުނުކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެކަމަށް ހައްލު ގެނައީ ރައީސް ކަމަށާއި، އެކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވާ ބަސް އިއްވެވި ކަމަށެވެ. ނަތީޖާއަކަށް ވީ އެ ފީ ރައްޔިތުންގެ އަތުން ނުނެގުން ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: