ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ފިރިހެނަކު ހިފަހައްޓައިފި!

އިމިގުރޭޝަންގެ އިއުލާން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއެއް މޯލްޑިވްްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ. ހުއްޓުވާފައި ވަނީ ފިރިހެނެކެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 25 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާ ކަަމަށެވެ.

ނަމަވެސް، އެ މީހާއާ ގުޅޭ އިތުރު މައުލޫމާތު އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމްގްރޭޝަނުން އަންނަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓު ނުވަތަ ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅޭ ގިނަ އަދަދެއްގެ މީހުން އަތުލައިގަންނަމުންނެވެ. އަދި އެމީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލަމުންނެވެ.

ވަގު ޕާސްޕޯޓް ނުވަތަ ސައްހަ ނޫން ލިޔުންތައް ބޭނުން ކޮށްގެން މީހުން ދަތުރު ކުރުމުގެ މައްސަލައަކީ 1960 ގެ ކުރީކޮޅުން ފެށިގެން ފެންމަތިވަމުން އަންނަ މައްސަލައެކެވެ. މިހާރަކަށް އައިސް މިފަދަ މައްސަލަތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: