ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިޠުރު ޢީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ހެނދުނު ސައެއް ބާއްވައިފިއެވެ. މި ސައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާފައެވެ.

މިގޮތުން ޢީދު ސައި ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް ގާއިމުކޮށްފައިވާ 33 ރަށުގައެވެ.

ބީއެމްއެލްއިން މި ރަށްތަކުގައި ޢީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއްގައެވެ.

2019 ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ އެކި ރަށްރަށުގައި ޢީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ.

މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ދެމުންގެންދާ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: