ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޠުރު ޢީދު ބަންދަށް ފަހު ދެން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ މި މަހު 23 ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، މި މަހުގެ 23 ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ.

ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށް ފަހު އަންނަ ފިޠުރު ޢީދަކީ ކޮންމެ އަހަރަކު ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ރަސްމީ ބަންދު ދުވަސްތަކެކެވެ.

ރަޢިސުލް ޖުމްހޫރިއްޔާގެ އުފީހުން ކަނޑައަޅުއްވާފައިވާ ގޮތުގައި މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 ށެވެ.

އަދި މި ކަމަކީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައިވާ ކަމަކަށް ވުމާއެކު،  މި އަހަރުވެސް މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 ކަށް ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: