ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި އީދު ސަޔާއި އީދު ހަދިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ”ދިރާގު އީދު ސައި“ އަދި ދިރާގު ”އީދު ހަދިޔާ“ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

”ދިރާގު އީދު ސައި“ ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައެވެ. އަދި ހުޅުމާލޭގައި ބޭއްވި ސައި އޮތީ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓްގައި ބައިވެރިވެފައެވެ.

މީގެ އިތުރުން، އެހެން އަހަރުތަކާ ވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފައެވެ. މި ގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 7 އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.

ދިރާގުން ދަނީ ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: