ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު؛ ރައްޔިތުންނަށް އޮޅުވަން ނޫޅޭ: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ބޭނުންކުރަން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށާއި، މި ހިސާބު ގޯސް ނޫން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ 2025ވަނަ އަހަރު ހިއްކާ ނިންމާނެ ކަމަށް ބުނި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 288 ހެކްޓަރު ކަމަށާއި އެހެންނަމަވެސް ހިއްކަން އޮތީ 1009 ހެކްޓަރު ކަމަށާއި މިއީ އެ މަޝްރޫގެ 27 ޕަސެންޓު ކަމަށެވެ. އެކި ތަންތަނުން ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް އެތަނަށް ބަދަލު ނުކުރުމަށް ގަފޫރު ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ. ގަފޫރު ވިދާޅުވީ ރައްޔިތުންނަށް އެމްޑީޕީގެ ވެރިކަމުގައި މާލެ ސަރަހައްދުން 48000 ގޯތި ހަމަޖައްސައިދޭނެ ކަމަށެވެ.

އިތުރު ނުކުތާއަކަށް ގަފޫރު ފާހަގަކުރެއްވީ ގްރޮސް ރިޒާވްގެ ވާހަކައެވެ. އޭނާ ވިދާޅުވީ ގްރޮސް ރިޒާވަކީ ދުނިޔޭގެ އެއްވެސް ތަނެްގައި ދައްކާވަހަކައެއް ނޫން ކަމަށާއި، އަދި އެއީ ހަރަދު ނުކަނޑާ ދައުލަތަށް ވަދެފައިވާ ވާރު ކަމަށެވެ. ގްރޮސް ރިޒާވް 2020 ވަނަ އަހަރުގައިވެސް ހުރީ 900 މިލިއަން ޑޮލަރުގައި ކަމަށް ގަފޫރު ވިދާޅުވިއެވެ.

”އެއަށްފަހު ޓީޖީއެސްޓީއަށް 1 ޕަސަންޓު އިތުރުކޮށް އަދި މަތިންދާ ބޯޓު ބިޒްނަސް ކުލާހުގެ ޓިކެޓާއި ފަސްޓު ކުލާހުގެ ޓިކްޓަށް އަޅުގަނޑު ދަންނަވާފާނަން ނެގި ވަރުވެސް. ބިޒްނަސް ކުލާހުގެ ޓިކެޓަށް 60 ނަގަމުން ދިޔަ ޓިކެޓަށް މިއަދު އެއާޕޯޓު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ 120 ޑޮލަރު. ދެގުނަ. އޭގެ ބަދަލުގައި ފަސްޓު ކުލާސް ޓިކްޓަކަށް 90 ޑޮލަރު ނަގަންމުން ދިޔައިރު މިހާރު 240 ޑޮލަރު ދައްކަން ޖެހޭނެ. މިއިތުރު ކުރި އިތުރުކުރުމުން ލިބުނު ގްރޮސް ޕްރޮފިޓްގެ ފައިސާާގެ ވާހަކަ އެ ވިދާޅުވީ. މިއީ މޮޅުކަމަކުމް ސަރުކާރުގެ ހިންގުން ތެރިކަމަކުން ހޯދުނު ލާރިއެއް ނޫން“

ގަފޫރު ވިދާޅުވީ މިއަދު އެމްއެމްއޭގެ ބެލުމުގެ ދަށުގައި ސަރުކާރުގެ ހުރީ 129 މިލިއަން ޑޮލަރު ކަމަށެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި 244 މިލިއަން ޑޮލަރު ސަރުކާރުން ދައްކަނީ އިންޑިއާގެ ރޯލް އޯވާއިން ބޭންކުތަކަށް ދީފައިއޮތް 115 މިލިއަން ޑޮލަރު އޭގައި ހިމަނައިގެން ކަމަށެވެ. ގަފޫރު ވިދާޅުވީ އެހެންކަމުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ މި ސަރުކާރުގެ ފަލްސަފާ ކަމަށާއި، ސަރުކާރާއި ޗެލެންޖު ކުރައްވާ ގަފޫރު ވިދާޅުވީ އެ ނޫން ހިސާބެއް ނުނެރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: