ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދަންނަ ޑިމޮކްރަސީ، އަޅުގަނޑުމެން ނުދަންނަން: އަދުރޭ

އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދަންނަ ޑިމަކްރެސީ، އަޅުގަނޑުމެން ނުދަންނަން ކަމަށާއި އެ ޑިމަކްރެސީ ދަސްކުރަން ބޭނުން ވެސް ނުވާކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ އެހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައިބޭއްވި ޖަލްސާ އެއްގަ އެވެ. ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން ދާއިރު، ރައްޔިތުން ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސް ނުދެވޭ ކަމަށާއި ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ކުޑަވެ، އިދިކޮޅު ކޯލިޝަނަށް ތާއީދު އިތުރުވަމުންދާ ކަމަށެވެ.

 

 

”އެމްޑީޕީ އެ ދަންނަ ޑިމޮކްރަސީއެއް އަޅުގަނޑުމެން ނުދަންނަން. އެ ޑިމޮކްރަސީ ދަސް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ވެސް ނޫން. އެ ބޭފުޅުން ދަންނަ ލާމަރުކަޒީއަކީ ލާދީނީ ޑިމޮކްރަސީ. ކެމްޕޭނަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރުން، އެ އަޅުގަނޑުމެން ބޭނުމެއް ނޫން.“

މީގެ އިތުރުން އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް އޮންނަ ތާއީދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ. އެގޮތުން، އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި، ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީއެއް ނޫން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވި އެވެ. އަދުރޭ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގައި ދިވެހިންނަށާއި ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުން ކަމަށެވެ.

އަދުރޭ ދެން ވިދާޅުވީ ގައުމު ސަލާމަތް ވާނީ ކައުންސިލްތައް ޕީޕީއެމަށް ދީގެން ކަމަށެވެ. އަދި އޭގެ ފަހަށް ވެސް މަސައްކަތް ނުނިމޭ ކަމަށާއި ކައުންސިލްތައް ކާމިޔާބުކޮށް ޕީޕީއެމް އަލުން ވެރިކަމަށް ގެންނަން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: