ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އާރް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީގެ ހާއްސަ އިލްތިމާސްއެއް!

ވެކްސިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމަބިހިން ރައްކާތެރިވުމަށް އެމް.އާރް ވެކްސިން ނުޖަހާ ކުޑަކުއްޖަކު ހުރެއްޖެ ކަމަށްވާ ނަމަ، ވީ އެންމެ އަވަހަކަށް އެ ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން ފޮނުވި މެސެޖެއްގައި އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު އާއްމުންނަށް ފޮނުވާފައިވާ އެސްއެމްއެސްއެއްގައި ބުނެފައިވަނީ 9 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންގެ ތެރެއިން އެމްއާރް ވެކްސިން ނުޖަހާ ކުދިން އެ ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް އަނެއްކާވެސް ރާއްޖޭގައި ހިމަބިހި އަންނަނީ ފެތުރެމުންނެވެ. އޭގެތެރެއިން ތިން މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިއްސާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަނންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް 24 ގަޑިއިރުތެރޭ ނިންމުމަށް އަމާޒު ހިފި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށާއި އުއްމީދަކީ މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުން ކަމަށެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.

މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: