ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމީ ލިބުނު ތަޖުރިބާގެ އަލީގައި ރަށްވެހި ހިދުމަތްތައް ފުރިހަމައަށް ގެނެސްދެވޭނެ ފޯމިއުލާއަކާއި އެކީގައި: ޝަލީލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމީ ފުރަތަމަ ދައުރުގައި ލިބުނު ތަޖުރިބާގެ އަލީގައި ރަށްވެހި ހިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ގެނެސްދެވޭނެ ފޯމިއުލާއަކާއި އެކީގައި ކަމަށް  ހއ. ދިއްދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ވާދަކުރައްވާ އައިޝަތު ޝަލީލާ، ވިދާޅުވެއްޖެއެވެ.

ޕީއެންސީން ދިއްދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަމުން  ޝަލީލާ ފާހަގަކުރެއްވި ގޮތުގައި މިފަހަރު އޭނާ އިންތިހާބަށް ނުކުންނަނީ އިޖްތިމާއީ، އިޤްތިޞާދީ، ތައުލީމީ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ރަށަށް ބޭނުންވާ މުހިންމު ކުރިއެރުންތައް ހޯދައިދިނުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ. ދިއްދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ހިދުމަތް ހޯދަން އަންނަ ރަށަކަށް ވާތީ، ރަށުގެ މަލަމަތި ރީތިކޮށް، ”ނަލަ ފެހި“ ރަށަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ވާހަކަ ދައްކަވަމުން ޝަލީލާ ވިދާޅުވީ، ”ކޮންމެ އަހަރަކު ތިމާވެށި ދުވަހު ރަށުގެ ހޭޅިފަށުގައި ޖަހާ ގަހަކުން ނުފުދޭނެކަން ދަންނަ“ ކަމަށެވެ. އެހެންކަމުން މިފަހަރު ނުކުންނަނީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ރަށުގެ އެކި ހިސާބުތަކުގައި ގްރީންޒޯންތައް ހަދައި، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމުގެ ވިސްނުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގެ އިޖްތިމާއީ ހާލަތާ ގުޅޭގޮތުން ޝަލީލާ ވިދާޅުވީ، ގޭގެއަށް ކުރި ޒިޔާރަތްތަކުން ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން ކުޑަވެ، އިޖްތިމާއީ ފޭރާން ނިއުޅެމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަލީލާގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ޕީއެންސީގެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މި ފަރަގުތައް ނައްތާލައި، ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރުމުގައި އެ ޓީމުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: