ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލުމަކީ ހަމައެކަނި ގާނޫނީ ހައްގެއް ނޫން، އެއީ ޒިންމާއެއް: ނާޒިމް

ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓުލުމަކީ ހަމައެކަނި ޤާނޫނީ ޚައްޤެއް ނޫން ކަމަށާއި، ކޮންމެ ޚައްޤަކާއެކު ޒިންމާތަކެއް އުފަންވާކަން ހަނދާންކުރަންޖެހޭ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެންސީ ހެންވޭރު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅެނީ ޤައުމު ބިނާކުރަން ބޭނުންވާތީ ކަމަށާއި، ދުނިޔެ އާރާސްތުކުރުމަކީ އިންސާނުންނަށް ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެ އިންތިޚާބަކީވެސް މި ޒިންމާތައް ހަނދާންކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަކީ ހަމައެކަނި ކުޑަކުއްޖަކު ކުރަހާލާ އުސޫލުން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކެމްޕެއިން ކުރުމުގެ މާނައަކީ ރައްޔިތުން ވޯޓަށް ހޭލުންތެރިކުރުވުން ކަމަށެވެ. ޕީއެންސީން ބާއްވާ ޖަލްސާތަކުގެ ބޭނުމަކީ ޤައުމު ބިނާކުރުމުގައި ރައްޔިތުން ވޯޓުލުމުގައި ވިސްނުންތެރިކަން އިސްކުރުމަށް ބާރުއެޅުން ކަމަށްވެސް ވިދާޅުވިއެވެ.

އޭޕްރިލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ތިން ވޯޓު ކަރުދާސްކޮޅު ރައްޔިތުންގެ އަތަށް އަރާއިރު، އެއީ އެއް ދުވަހެއްގައި ބާއްވާ ތިން އިންތިޚާބުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ވޯޓުލާން ދާއިރު މާޒީން އިބުރަތް ހާސިލްކުރަން ޖެހޭނެ ކަމަށެވެ.

 ”ދިވެހި ހަރުބަހެއްގައި އޮވޭ މާޒީއަކީ މުސްތަޤްބަލް ބަލާ ލޯގަނޑޭ، އެއީ އެމާޒީއިން މުސްތަޤުބަލު ބެލުމަށްޓަކައި އިބުރަތްތަކެއް ޙާސިލްކޮށްގެން، އެއިބުރަތްތަކުން އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އަމަލާއި މަސައްކަތްތައް ނިންމުން،“ މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ، މާޒީގައި އެ ޕާޓީން ވެރިކަން ކުރިއިރު ހިނގާދިޔަ ކަންތައްތަކާއި ހެދިފައިވާ ގޯސްތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. އެކަންކަމަށް ނުވިސްނައި ވޯޓުލުމަކީ ޤައުމީ ވާޖިބު އަދާކުރެވުނީ ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ ޕީއެންސީގެ ކެނޑިޑޭޓުން ކަމުގެ ޔަގީންކަމާއެކުގައެވެ. އަދި ވޯޓުލުމުގައި ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ފުންކޮށް ވިސްނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: