ކުޑަކުދިންނަށް ޖިންސީގޯނާ ކުޜާ މައްސަލަތައް މި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ލުއިކޮށް ނުނަގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ތްވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ކުދިންގެ އައިޑެންޓިޓީ ސިއްރުކޮށް، ކުދިންގެ ހައްގުތައް އިތުރަށް ގެއްލުނަ ނުދިނުމުގެ ބޭނުމުގައި ރައްޔިތުން އުންމީދުކުރާ އަވަސްމިނުގައި މައުލޫމާތު ނުދެވުނަސް، ފިޔަވަލުތައް އަޅަމުން ގެންދަވާނެ ކަމަށެވެ.
މިނިސްޓަރު މި ޓްވީޓުކުރައްވާފައި މިވަނީ 2 އަހަރުގެ ތުއްތު ކުއްޖަކު ރޭޕުކޮށްގެން، މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެ ތުއްތު ކުއްޖާގެ ކާފައާއި މުނި ކާފައެވެ.
https://twitter.com/ShimranAb/status/1218166464563122177
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލު ވަނީ ދެ މީހުން ކަމަށެވެ. އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 62 އަހަރުގެ ފިރިހެން މީހާ އާއި. 81 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މީސް މީޑިއާގެ ތެރެއިންނެވެ އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.