ހުޅުމާލޭގައި ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 19 މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ފުލުހުން ބުނެފި އެވެ.
ރޭޕްގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ، އަބްދުލް ސަލާމް، ހުޅުމާލެގައި ދިރިއުޅެމުންދިޔަ ފްލެޓު ކައިރީގައި، ފުލުހުންނާއި އާއްމުންގެ މެދުގައި ހިންގި ހަމަނުޖެހުމުގައި ޖުމްލަ 27 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އޭގެ ތެރޭގައި ތިބި 18 އަހަރުން ދަށުގެ 3 ފިރިހެން ކުދިންގެ އިތުރުން ކަމާ ގުޅުން ނެތް 5 މީހަކު ވަނީ ދޫކޮށްލާފައެވެ.
އެހެންވެ ބަންދުގައި މި ވަގުތު ތިބީ 19 މީހުނެވެ.