ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕުގެ ޝިކާރައަކަށްވި ކުއްޖާގެ ހައްގުގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އުމުރުން އެންމެ ދެ އަހަރުގެ ކުޑަ ކުއްޖާގެ ހައްގުގައި އެކި ފަރާތްތައް ޖަވާބުދާރީކުރުވަން  ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ބޮޑު ލަދުވެތި ކަމެއް ކަމަށެެވެ.

https://twitter.com/MohamedNasheed/status/1218504760807968768

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި، ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބުނެ، މަޖިލީހުގެ އިދާރާއިން ކުރައްވާފައިވާ ޓްވީޓެއް ރިޓްވީޓްކުރައްވަމުން ނަޝީދު ވިދާޅުވީ، ތުއްތު ކުއްޖަކު އޭނާގެ މުނިކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވުމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތިކަމެއް ކަމަށާއި މިކަމާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަދި ކުރަނީ އެކަކަށެވެ. އެއީ އެކުއްޖާގެ ކާފަ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: