ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލަ ބަލަނީ!

ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލަ ބަލަން ފަށައިފި އެވެ.

މިހާރު ހފުލުހުންގެ ބަންދުގައި ހުރި، ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ، ހުޅުމާލެގައި ދިރިއުޅެމުންދިޔަ ފްލެޓު ކައިރީގައި، ފުލުހުންނާއި އާއްމުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވީ މެދު އުމުރުގެ އަންހެނަކަށެވެ. އޭނާގެ ނޭފަތާ ދިމާލުން ގިނަ އަދަދަކަށް ލޭ އައިސް ހުއްޓެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީީ، ހުޅުމާލޭ ފްލެޓް 108 ކައިރީގައި އޮތް ހާލަތުގެ ތެރޭގައި މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުސް އޮފިސަލަކު ޖެހި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އާއިލާގެ މެމްބަރަކާ އިއްޔެ ވާހަކަދައްކަވާފައިވާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަަނަލް ސްޓެންޑާޑް ޓީމަކުން ވެސް އޭނާ ކައިރި އަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

https://twitter.com/M_Hameedh/status/1218747017972744193

އަނިޔާވި މީހާގެ އަންހެން ދަރިއަކު ފޭސްބުގައި ލިޔެފައިވާ ގޮތުގައި، އޭނާގެ މަންމަ ގޭ ދޮރުމަތީގައި ހުރީ އޭރު ހިނގަމުން ދިޔަ ކަންތައްތައް ބަލައިލުމަށް ކަމަށެވެ. އެހެން ހުއްޓައި ފުލުހަކު ގޮސް މުގުރުން މަންމަގެ މޫނުގައި ޖަހައި، އެ ސަރަހައްދުގައި ތިބި އެންމެން ގެއަށް ވަންނާށޭ ކިޔައި ހަޅޭއްލެވި ކަމަށް ބުންޏެވެ.

ހަމަނުޖެހުންތަކުގައި، ކުޑަކުއްޖާގެ ބައްޕަ ދިރިއުޅެމުންދިޔަ ފްލެޓުގެ ބިއްލޫރިތައ ވަނީ ތަޅާލާފަ އެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕަ ސްޕްރޭ ވެސް ޖަހާފައިވެ އެވެ.

 

https://twitter.com/pax_pack/status/1218433441672224768

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުކުރު ދުވަހުގެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަންހެނެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްރޮފެޝަނަލް ސަޓޭންޑާރޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ބާރުގެ ބޭނުންކުރާ ގޮތް ރިވިއު ކުރުމަށް އެކުލަވާލާފައިވާ ”ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ“އިން މި ކަން ރިވިއުކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: