ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އަދި ހުޅުމާލޭގައި ވެކްސިން ސެންޓަރު ގާއިމްކޮށްފި!

ހިމަބިހި ވެކްސިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރަން ވެކްސިން ސެންޓަރެއް ގާއިމް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ މާލެ އަދި ހުޅުމާލޭގައި އިތުރު ދެ ވެކްސިން ސެންޓަރު ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލޭގައި ސެންޓަރު ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރުގައެވެ. އެތަނުގެ ޚިދުމަތް ހެނދުނު 10:00 އިން ހަވީރު 17:00 އަށް ލިބޭނެއެވެ.

ހުޅުމާލޭގައި ގާއިމުކުރެވުނު ސެންޓަރުގެ ޚިދުމަތް ލިބޭނީ، ހެނދުނު 08:00 އިން ފެށިގެން 2 ގަޑިއިރަށެވެ. ހުޅުމާލެގައި ގާއިމުކުރެވުނު ސެންޓަރު ހުންނާނީ ސެންޓްރަލް ޕާކު ސަރަހައްދުގައި އޮންނަ ހުސްބިމުގައެވެ.

ހުޅުމާލޭ ސެންޓަރުން ހިމަބިއްސަށް ސްކްރީން ކުރުމުގެ ހިދުމަަތް ދެމުން ގެންދާނެ އެވެ. އަދި ހުން އައިސް ގައިގައި ކުދި ބިހިތަކެއް ނަގާނަމަ ސެންޓަރަށް ގޮސް ޑޮކްޓަރުންގެ ލަފާ ހޯދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން މާލޭގެ ސެންޓަރުން ވެކްސިން ޖަހައިދިނުމުގެ އިތުރުން އެ ސެންޓަރުގައި ހަ މަހާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިހީގެ ވެކްސިން ދެ ޑޯޒް ހަމަނުވާ ކުދިންނަށް ވެކްސިން ވެސް ޖަހައިދޭނެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާން ކޮށްފައިވާ ބައްޔެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: