ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކޮކަކޯލާ ލެޖެންޑް ކަޕް“: ލެޖެންޑުންނާއެކު ފޯރިގަދަ މެޗެއް!

މާގިރި ހޮޓަލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

”ކޮކާ ކޯލާ“އިން އިންތިޒާމުކޮށްގެން، ”ކޮކަކޯލާ ލެޖެންޑް ކަޕް“ގެ ނަމުގައި އަންނަ ހުކުރު ދުވަހު ހާއްސަ މެޗެއް ކުޅުމަށް ހަމަޖައްސައިފި އެވެ. މިމެޗު އިންތިޒާމްކޮށްފައި ވަނީ،  މޯލްޑިވިއަން ސޮކާ މޭޓްސްއާއި އެފްއޭއެމްއާ ވެސް ގުޅިގެންނެވެ.

މާގިރި ހޮޓަލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މި މެޗުގެ މައިގަނޑު ބޭނުމަކީ ފުޓުބޯޅަ މިހިސާބަށް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިން ލެޖެންޑަރީ ކުޅުންތެރިންނަށް މިކަމުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

އެކަމަކު މި މެޗުގައި ކުރީގެ ކުޅުންތެރިންނާ އެކު ބައެއް މިހާރުގެ ކުޅުންތެރިން ވެސް ކުޅޭނެ ކަން އޭނާ ފާހަގަ ކުރި އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވި، ސޮކް މޭޓްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ ވޭތުވެދިޔަ 40 އަހަރު ތެރޭ ރާއްޖޭގެ ފުޓްބޯޅައިން ފާހަގަ ކުރެވުނު އެންމެ މޮޅެތި ކުޅުންތެރިން ހާއްސަ މެޗުގައި ފެނިގެންދާނެ ކަމަށެވެ.

ކުރީގެ ކުޅުންތެރިޔާ އިސްމާއީލް އަނިލް ބުނީ، ފުޓްބޯޅައިގެ ފޯރި ދަށްވެފައި އޮތް ވަގުތެއްގައި މިކަހަލަ މެޗެއް އިންތިޒާމު ކުރުމަކީ ފުޓްބޯޅައަށް ސަޕޯޓަރުންގެ ފަރާތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ ލެޖެންޑަރީ މިޑްފީލްޑަރު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ، ފުޓްބޯޅަ އާއިލާ ދެމިއޮންނަނީ ކުރީގެ ލެޖެންޑުން ހިމެނޭ ގޮތަށް ކަމަށާއި ފުޓްބޯޅައިގެ ފޯރިގަދަ ކުރަން ލެޖެންޑްގެ ދައުރު ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.

މި މެޗުގައި ވޭތުވެ ދިޔަ 40 އަކަށް އަހަރުތެރޭ ރާއްޖޭގެ ފުޓުބޯޅައިން ފެނުނު ކުޅުންތެރިންގެ ތެރެއިން ކިރިޔާ ވެސް ދަނޑުތަމީގައި ކުޅެލެވޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެއެވެ.

ފުޓުބޯޅައިގެ ހަވީރެއް ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މެޗު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު، އެފްއޭއެމްގެ އެކުވެނި ޓާފްގަ އެވެ. މި މެޗުގެ މައިގަނޑު މަގުސަދަކީ މިހާރުގެ ކުދިންނަށް މީގެ ކުރިން ރާއްޖެ ދުށް މޮޅުކުޅުންތެރިން ދައްކައިލުން ނުވަތަ ”އިންޓްރޮޑިއުސްކޮށް ދިނުމެވެ.“

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: