ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާން އާއި ޔާމިން އަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެއްޖެ! – އާއިލާ

ރިލްވާންގެ އާއިލައިން ބޭއްވި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގަށް ނަގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި ވާހަކަ ދައްކައި އިންސާފު ހޯދައިދޭނެ ކަމަށް ވައުދު ވެފައިވަނީ ވޯޓާއި ކައިރިކޮށް ވޯޓު ހޯދަން ކަމަށް ރިލްވާން އާއި ޔާމިންގެ އާއިލާއިން ބުނެފިއެވެ. 

މި ދެ އާއިލާގެ ފަރާތުން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ރައީސް ޞާލިހު އެ ދެ ފަރާތަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވުމުން ދެ އާއިލާއަށް ކުޑަކޮށްވެސް އުއްމީދެއް ލިބުނު ކަމަށެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ ރައީސް ކޮށްފައިވާ ވައުދުތަށް އެބޭފުޅުންނަށް މިހާރު ނޭނގޭ ކަމަށާއި މިއަދު ފެނިގެންދަނީ ހިތާމަވެރި އެ ދެ ހާދިސާވެސް ސިޔާސީ ވެގެން ގޮސްފައިވާ ތަން ކަމަށެވެ. އަދިި ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމުން ވެވަޑައިގެން ހުންނެވި ވައުދު ފުރިހަމަ ކުރެވުނީ ކަމަކަށް ނުދެކޭ ކަމަށް ބުނެ ދެއާއިލާއިން ވަނީ އެ ސިޓީގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެސިޓީގައި ބުނެފައިވަނީ އެ ދެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މީގެ ކުރިންވެސް ރައީސްގެ އަރިހުން އަދި ސަރުކާރަށް ދަންނަވާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރުން ބޭނުން ކުރެއްވުމަށްވެސް ވަނީ އެެދިލައްވާފައެވެ. 

މި ސީޓީ ވަނީ މީސް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: