ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށުތެރޭ ވާހަކަ ދެކެވެނީ ތުންތުން މަތީން، ރިޕޯޓު ނުކުރީ ރަސްމީކޮށް ޝަކުވާއެއް ނުލިބޭތީ: ކަނޑުހުޅުދޫ ކައުންސިލް ރައީސް

ރަށުތެރޭ ވާހަކަ ދެކެވެނީ ތުންތުން މަތީން، ރިޕޯޓު ނުކުރީ ރަސްމީކޮށް ޝަކުވާއެއް ނުލިބޭތީ: ކަނޑުހުޅުދޫ ކައުންސިލް ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ގުޅޭގޮތުން ވެސް ވާހަކަތަކެއް ދެކެވޭ ކަމަށާއި، އަދި ކުއްޖާގެ މައިންބަފައިންވެސް މަސްތުވާތަކެތި ބޭނުންކުރާ ކަން ނޭންގީ ރަސްމީ ޝަކުވާއެއް ނުލިބޭތީ ކަމަށް ރަށު ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

2 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި މުޅި ގައުމު މި ވަގުތު އޮތީ ޝޮކެއްގެ ތެރޭގައެވެ. މައްސަލައިގައި ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހިމެނޭއިރު އާއްމުންނަށް އެނގިގެން ދިޔަ އެއްކަމަކީ އެތަނުން އެކަކީ އެއީ މީގެ ކުރިންވެސް މިފަދަ ދަށު ދަރަޖައިގެ އަމަލު ހިންގާފައިވާ މީހެއް ކަމެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ޝާމިލްވާ މީހުން މުޖްތަމައުއަށް ދޫކޮށްފައި ހުރުމާއި ގުޅިގެން އެތައް ބައެއްގެ ރުޅިވެރިކަން ފުލުހުންނާއި، ޖެންޑާރ މިނިސްޓްރީއަށް އަމާޒުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ބޭއްވި ބައްދަލުވުންތަކަށް ކަމާއި ބެހޭ މުވައްސަސާތައް ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގައި މެމްބަރުންގެ މައިގަނޑު ސުވާލަކަށް ވީ، އެއީ މީގެ ކުރިންވެސް ޖިންސީ އަނިޔާގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން އެނގިހުރެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށް ނުދިން މައްސަލައެވެ. އަދި މައިންބަފައިންވެސް މަސްތުވާތަކެތި ބޭނުން ކުރާކަމަށް ބުނާއިރު، އެ ކުއްޖާގެ ހާލަތު ނުބެލީ ކީއްވެގެންތޯ ފުލުހުންނާއި، އަދި ޖެންޑާރ މިނިސްޓްރީއާއި ވަނީ އަމާޒުކޮށްފައެވެ.

އަކޮމިޓީގައި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވީ ފޯނު ކޯލު މެދުވެރިކޮށެވެ. އެ ބައްދަލުވުމުގައި މެމްބަރުން ވަނީ، ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް މީގެ ކުރިން ކައުންސިލްއަށް އެނގިފައިވޭތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ޝަހީމް ވިދާޅުވީ ކުއްޖާއަށް ޖިންސީ ގޯނާ ކުރާ ކަމުގެ ޝަކުވާއެއް ލިބުނު ނަމަ ވަގުތުން އެ މައްސަލަ ފުލުހަށް ހުށަހެޅީސް ކަމަށެވެ.

”ރަށުތެރޭ ދެކެވޭ ވާހަކައަކާ ގުޅިގެން ރަސްމީ ސިފައެއްގައި މައްސަލައެއް ހުށަހެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދެން ކަމެއް ހިނގައިގެން ހުށަހެޅީމަ އަޅުގަނޑުމެން ރަސްމީ ހައިސިއްޔަތުން ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަން،“ ޝަހީމް

މި މައްސަލައިގެ މައުލޫމާތު ކައުންސިލްއަށް އެނގުނު ހިސާބަކީ ކޮބައިތޯ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ޝަހީމް ފާހަގަކުރި އެ ދުވަހަކީ މައްސަލަ ފުލުހުންނާއި، ޖެންޑާއިން ވެސް ތަހުގީގު ކުރަން ފެށި ުދުވަހެވެ. ޝަހީމް ވަނީ ރަށުގެ ތެރޭގައި ކުއްޖާގެ މުނި ކާފައާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވޭ ކަމަށެވެ. އެހެން ނަމަވެސް، ކައުންސިލްއަށް އެއްވެސް މީހަކު އެކަން ޝަކުވާއެއްގެ ސިފައިގައި ނުވަތަ މައްސަލައެއްގެ ގޮތުގައި ހުށަނާޅާ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ސުވާލު ތަކުރާރުކުރައްވާ ކުއްޖާގެ ބެލެނިވެރިންގެ ހާލަތު އެނގިފައި އޮތްތޯ ސުވާލުކޮށްފައެވެ. އަދި މީގެ ކުރިންވެސް މުނިކާފަގެ މައްޗަށް އޭގެ މައްސަލައެއް އޮތްކަން އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފައެވެ. ޝައްކެއްގެ މަތީގައި ހުންނެވި ގޮތަކަށް ސުވާލަށް ޖަވާބު ދެއްވާ ޝަހީމް ވިދާޅުވީ އެ ވާހަކަ ބައެއް މީހުން ކިޔައި އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ގޮތުން މުނިކާފަގެ މައްސަލައެއް އޮތްކަން އެނގުނީވެސް މައްސަލަ ފެންމަތިވެ މީޑިއާތައް މެދުވެރިކޮށެވެ.

ޝަހީމްގެ ވާހަކަތަކަށްފަހު މާފަންނު އުތުރު ދާއިރާގެ މެމްބަރު ވަނީ، ”މިހާރު މުނިކާފަ ގެ ގޮތް އެނގިޖެތޯ“ ސުވާލު ކުރައްވާފައެވެ. އަދި މިއަދު ކުރިމަތިލާން ޖެހިފައިވާ ހާލަތާއި މެދު ވިސްނިއްޖެތޯ އިންތި ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޝަހީމް ވިދާޅުވީ، އެކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. ނަމަބެސް ހުރިހާ މައްސަލައެއްގެ ވެސް ފެށުމަކީ މަސްތުވާތަކެތި ކަމަށާއި ކުއްޖާގެ ަ ބައްޕައަކީ ”100 ޕަސަންޓު“ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަން ކުރިން ވެސް އެނގޭ ކަމަށެވެ. އެހެން ނަމަވެސް މަންމައާއި ބެހޭ ގޮތުން އޭނާ މާ ބޮޑު ވާހަކައެއް ނުދައްކައެވެ.

ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕްކުރުމުގެ ކުރިން ރަށުތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާ ކުރާ ކަމުގެ އަޑުތަކާއި، ކުއްޖާގެ މައިންބަފައިންގެ ހާލަތު އެނގި ހުރެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކޮމިޓީގެ މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރިއެެވެ.

ޖެނުއަރީ 15 ވަނަ ދުވަހު ކަނޑުހުޅުދޫއިން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އާއިލާ މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލައެއް ފެންމަތިވެ، އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ.

އެތިން މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: