ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ގަވައިދާ ޚިލާފުވާ އުޅަނދުތަކުން ނަގާ ޖޫރިމަނާ ޚަރަދުކުރެވޭނީ މާލޭގެ މައްސަލަތައް ހައްލުކުރުމަށް – އަލްހާން

އަލްހާން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަގުމަތީގައި އަދި ކަނޑުގެ ސަރަހައްދުގައި ގަވައިދާ ޚިލާފުވާ އުޅަނދުތަކުން ނަގާ ޖޫރިމަނާގެ ފައިސާއަކީ ސިޓީކައުންސިލަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. 

މާލޭގެ މޭޔަރުކަމަށް ކުރިމަތިލާކަން އިއުލާންކޮށް އަލްހާން ފަހުމީ ކުރަމުންދާ ސިލްސިލާ ޓްވީޓްތަކުގެ ތެރެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި މާލޭ މަގުމަތީގައި އަދި ކަނޑުގެ ސަރަހައްދުގައި ގަވައިދާ ޚިލާފުވާ އުޅަނދުތަކުން ނަގާ ޖޫރިމަނާގެ ފައިސާއަކީ ސިޓީކައުންސިލަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ އެފައިސާއަކީ މާލޭގެ މައްސަލައަށް ހައްލު ހޯދުމަށް ޚަރަދުކުރެވޭ ފައިސާއަކަށް ހަދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގެ އިތުރުން ކަނޑުމަތީގެ އުޅަނދުފަހަރު ދުއްވާއިރު، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް ގަވައިދުގެ ބޭރުން ދުއްވާ އުޅަނދުފަހަރު މަދެއް ނޫނެވެ.

އަލްހާން މިފަދައިން ވިދާޅުވިއިރު މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް ފަޅުގައި އަޅާފައި ހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 

މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުްނސިލް އާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެންނެވެ.

ފުލުހުން ބުނީ މިއަދު ފެށި މަސައްކަތުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަން ދެން ނުދުއްވާ ކަމަށް ފަހާގަ ކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: