ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުވެއިތުގެ ހަތަރު ސްކޫލަކަށް ނާއިބު ރައީސް ޒިޔާރަތް ކުރައްވައިފި!

ނައިބް ރައީސް ކުވައިތް އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެގައުމުގެ ހަތަރު ސްކޫލަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނާއިބު ރައީސް ފައިސަލް ޒިޔާރަތް ކުރެއްވީ ކެމްބްރިޖް އިންގްލިޝް ސްކޫލު- މަންގަފް އާއި އުންމުލް ގުރާ ސްކޫލާއި އަޖިއަލް ބައިލިންގުއަލް ސްކޫލް އަދި، އެމެރިކަން ޖަރމަން ސްކޫލަށެވެ. މި ޒިޔާރަތުގައި އެ ސްކޫލުތައް ބައްލަވާލެއްވުމުގެ އިތުރުން އެތަންތަނުގައި ބޭނުންކުރާ ވަޞީލަތްތަކާ ބެހޭ މަޢުލޫމާތު އެ މަނިކުފާނު ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުވެއިތުގެ ބައެއް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެވަނީ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަޞީލަތްތައް ވެސް ބައްލަވާލައްވާފައެވެ. އަދި ކުވެއިތުގެ ބައެއް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން،  މިދަތުރުފުޅުގައި ކުވައިތުގެ ޖަމްއިއްޔާ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތް ހަދިޔާކުރައްވާފައެވެ. މީގެއިތުރުން އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށް، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވާކަން ފާޅުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.

މިޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: