ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

އީސީގެ ރައިސް ޝަރީފު --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ވިދާޅުވީ، މި ފުރުޞަތު ހުޅުވާލައްވައިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 23 މާރިޗު 2020 އަށް ހަމަވާތީ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައި ކަމަށް ވެސް ރައީސް އޮފީހުގެ އިއުލާނުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެ ކޮމީޝަންގެ މެމްބަރުންގެ ތެރެއިން އެންމެ ފަހުން ހަމަވީ، ނައިބު ރައީސަކަށް ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރެވެ. އެ މަގާމަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ، އީސީގެ ރައީސަކަށް ކުރިން ހުންނެވި ފުއާދު ތައުފީގު އައްޔަންކުރައްވައިފަ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 12 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަނުގައި ތިބެނީ ފަސް މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: