ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް ގެޒެޓްކޮށްފި!

ރާއްޖޭގައި ބެއްވުނު އިންތިޚާބެއްގައި އޮފިޝަލުންތަކެއް ހަރަކަަތެރިވަނީ ---- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނީ މި ލިސްޓު ގެޒެޓުންނާއި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އީސީން ބުނެއެވެ. އެގޮތުން VR ޖެހުމަށްފަހު ސްޕޭސް ދޫކުރުމަށްފަހު އެމީހެއްގެ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް ފޮނުވުމުން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

އޭގެ އިތުރުން، އީސީން ވަނީ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. އެގޮތުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މިމަހުގެ 20 އިން ޖަނަވަރީ 31 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށް އީސީން ބުނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށް އީސީން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ޝަކުވާ ބަލައިގަންނަމުންދާނެ ކަަމަށް އީސީން ބުނެއެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: