ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ލަސް ކުރާ ފަނޑިޔާރުންނާ މެދު ޖޭއެސްސީން ފިޔަވަޅު އަޅަނީ!

ޖޭއެސްސީ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ކުރިއަށް ނުގެންގޮސް ލަސް ކުރާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ތިން ކޯޓަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، އެ ކޮމިޝަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅަނީ މައްސަލަތައް ލަސްވެގެން ކަމަށެވެ.

”200 އެއްހާ ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައިވާ އިރުގައި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދައާ ހިލާފަށް ލަސްވުން“މަސްތޫރު ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވީ، ބައެއް ހާލަތްތަކުގައި މައްސަލަތައް ކުރިއަށް ނުގެންގޮސް ދެތިން އަހަރު ވާއިރު ދައުވާ ލިބޭ މީހާ ޖަލުގައި އޮންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”އެހެންކަމުން އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދައާ ހިލާފަށް ލަސްވަމުންދާ ނަމަ އެ ލަސްވަމުންދާ ކަމުގެ ޒިންމާވާ ފަރާތެއް، އެއީ ފަނޑިޔާރަކަށް ވިޔަސް އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެންފައިވާ ވާހަކަ ދަންނަވަން“މަސްތޫރު ވިދާޅުވި އެވެ.

ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އަދުލުވެރި، އިތުބާރު ކުރެވޭ، އެކަށީގެންވާ އަވަސްމިނުގައި މައްސަލަތައް ނިންމާ ފަނޑިޔާރު ގެއެއް ލިބުން ކަމަށް މަސްތޫރު ވިދާޅުވިއެވެ. ޖޭއެއްސީގެ މަގުސަދަކީވެސް ރައްޔިތުންނަށް އެފަދަ ފަނޑިޔާރު ގެއެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: