ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަދު ސްކޫލްގައި ފަންކާއެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ!

ހަމަދު ސްކޫލް --- ފޭސްބުކް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމުގައި ހުންނަ ހަމަދު ސްކޫލްގައި ފަންކާއެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

މައުލޫމަތު ލިބިފަވާ ގޮތުގައި، ފަންކާ ވެއްޓުނީ ކްލާހުގެ ޑެސްކެއްގެ މައްޗަށް ކަމަށް ވިޔަސް އޭގެ ފިޔައަކުން ދެ ކުއްޖެއްގެ ގައިގައި ޖެހި ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ.

އެކަމަކު، އެކުދިނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށްވެއެވެ. އަދި އެކުދިނަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދެވި ކަމަށާއި ފަރުވާ އަށްފަހު އެނބުރި ސްކޫލަށް އައިސް ސެޝަން ފުރިހަމަ ކުރި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ހެނދުނު 10 ޖަހާކަން ހާއިރު ހިނގި، މި ހާދިސާގައި ފަންކާ ވެއްޓި އަނިޔާވީ ގްރޭޑް ހަތެއްގެ ދެ ކުއްޖަކަށެވެ.

މީގެ 22 އަހަރު ކުރިން ހުޅުވި ހަމަދު ސްކޫލްގެ އެ ކްލާހުގައި މިއަދު އާ ފަންކާއެއް ހަރުކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: