ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމީދޫގައި މަސް ޕްރޮސެސިން ފެސިލިޓީއެއް ހުޅުވައިފި

ފޮޓޯ: މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުޅުމީދޫގައި މަސް ޕްރޮސެސް ކުރުމަށް ޚާއްޞަ ފެސިލިޓީއެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ފެސިލިޓީ ހުޅުވުމަށް ހުޅުމީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިތަން ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ ފަރުޙަތު ޝަހީރާއި، އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިފްކޯއިން ހާމަކުރި ގޮތުގައި، މި ފެސިލިޓީއަކީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ، އެ ތަކެތި ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ޤާއިމުކުރި ތަނެކެވެ.

މަސްވެރިކަމުގެ ނަފާ އިތުރުވެގެންދާނެ

އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މި ފެސިލިޓީގައި މަސް ޕްރޮސެސް ކުރުމަށް ބޭނުންކުރާނީ ޒަމާނީ ’ބްލާސްޓް ފްރީޒިންގ‘ މެތަޑެވެ. މިތަނުން ބަންދުކުރާ މަހުގެ އުފެއްދުންތައް މިއަދުން ފެށިގެން މިފްކޯގެ ހުޅުމީދޫ ފިހާރައިން ގަންނަން ލިބޭނެއެވެ. އަދި އައްޑޫގެ ހުރިހާ ހިސާބަކަށް މި އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި ޑިސްޓްރިބިއުޓަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިފްކޯގެ އުފެއްދުންތެރިކަން އިތުރުކޮށް، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމަންޓްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: