ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން މަތީ މާކްސް ލިބޭ ފަރާތްތަކަށް ފްލެޓް ލިބޭނެ: މުއްތަލިބް

ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ ޢަބްދު ﷲ މުއްޠަލިބް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހައުސިންގ ޔުނިޓުތައް އެޅުމަށް ހުޅުވާލި ފުރުޞަތުގައި 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެމްއެެމްއޭއިން އިންކްލޫސިވް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ރާއްޖޭގައި ހިންގާ ބޭންކުތަކަށް އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ ތެރެއިން 5 އިންސައްތަ ޕްރޮފިޓު ރޭޓުގައި ބޯހިޔާވަހިކަން ދޭންޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ސްކީމްގެ ދަށުން ލީޒް ޓު އޯން މޮޑެލްގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުންވެސް އިތުރު ފްލެޓްތައް އެޅުމަށް ހުޅުވާލެވިގެންދިޔަ ކަމަށެވެ. އަދި ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު، މި މޮޑެލްގެ ދަށުން ފްލެޓްތައް އެޅުމަށް 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މުޖުތަމައުގެ އެކި ގިންތިތަކަށް ދިމާވެފައިވަނީ އެކި ކަހަލަ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށެވެ.

 ”އެ ފަރާތްތަކަށް ބޭނުންވަނީ އެކި ކަހަލަ ހައްލުތަކެއް. ބައެއް އާއިލާތަަކަކީ ވަރަށް ހާލުގައި ދިރިއުޅޭ އަދި މިހާރުން މިހާރަަށް ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކެއް. ބައެއް އާއިލާތަކަކީ ރިއަލް އެސްޓޭޓްގެ ފްލެޓުތައް އަގުބޮޑުކަމުން ފްލެޓް ނުގަނެވިފައިވާ ފަރާތްތަކެއް. އެހެންވެ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ތަފާތު މޮޑެލްތައް ގެނެސް މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންމިދަނީ،“ ވަޒީރު ވިދާޅުވިއެވެ.

ބިންގާ އެޅިގެންދިޔަ މަޝްރޫއަކީ ސަރުކާރުން ކުރިއަށްގެންދާ 7900 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވައި، މިއީ ލީޒް އޯން މޮޑެލްގެ ދަށުން ރިއަލް އެސްޓޭޓް ހައުސިން ޔުނިޓުތައް ހެޔޮ އަގެއްގައި ގަނެވޭނެ ފަރާތްތަކަށް ހާއްސަ މަޝްރޫއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް މި ފްލެޓްތައް ލިބިގެންދާނެ ކަމަށްވެސް ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: