ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދެނެގަންނާނެ މިންގަނޑު ކަނޑައަޅައި މަޖިލީހަށް އަންގައިފި

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި 2 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ފަރާތްތަކަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަށް ފަހު ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދެނެގަންނާނެ މިންގަނޑު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑަރ ކޮމެޓީން އެންގި އެންގުމާއި އެއްގޮތަށް ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލާވާލެއްވުމަށްފަހު އެ މިންގަނޑު ރައްޔިތުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ފޮނުއްވައިފިއެވެ. 

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑު އެކުލާވާލެއްވުމަށްފަހު އެ މިންގަނޑު ރައްޔިތުންގެ މަޖިލީހަށް އެންގުމަށް މަޖިލީހުގެ ހިޔުމަން ރައިޓސް އެންޑް ޖެންޑަރ ކޮމެޓީން އަންގާފައި ވަނީ މި ަމހުގެ19 ވަނަ ދުވަހުއެވެ. 

ގއ. ކަނޑުހުޅުދޫގައި 2 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ފަރާތްތަކަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ސަމާލުކަމަށް އައުމާގުޅިގެން އެ މައްސަލަ ކޮމިޓީން ދިރާސާކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސްއާ 18 ޖަނަވަރީ 2020 ވަނަ ދުވަހު ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.

ކޮމެޓީން ހަ ކަމެއް ތަންފީޒް ކުރުމަށް ފާސްކޮށްފައިވާއިރު އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ  ދުވަހުގެ ތެރޭގައި އެކުލަވާލައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުން ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަތުމަށް އެކުލަވާލައްވާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މަޢުލޫމާތު ދިރާސާކުރައްވައި، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރައްވައި މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލެއްވުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. 

ކޮމެޓީން ފާސްކުރި ތިން ވަނަ ކަމެއްގެ ގޮތުގައި ވަނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މައްޗަށް އެކުލަވާލައްވާ ދަފްތަރުގައި މި މަޢުލޫމާތު ހިމެނުއްވުމަށް ވެސް ވަނީ ފާސްކޮށްފައެވެ. 

މީގެއިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދަޢުވާއުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖަޢާކޮށް، މިފަދަ މީހުން މޮނިޓަރކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލެއްވުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. 

ހަމައެހެންމެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވާ، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ވެސް ވަނީ ފާސްކޮށްފައެވެ. 

މީގެއިތުރުން ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުގެ ޕަރފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހައްދަވާ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ޙިއްސާކުރެއްވުން; އަދި  2009 ވަނަ އަހަރު ޤާއިމްކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެއްޓުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: