ދޯންޏެއްގެ ބުރަފަތީގައިޖެހި ފަތުރުވެރިޔަކު ނިޔާވެއްޖެއެވެ.
މަރުވެފައިވަނީ ޖަރުމަނުގެ ފިރިހެން ފަތުރުވެރިއެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް މީހަކު މަރުވެގެން ހެނދުނު 09:59 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

