ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަނޫން އިތުރު ފާހަގައެއް ޖަހާކަށް ނުޖެހޭނެ: ރިފްޢަތު

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލާއިރު، ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނުވަތަ ’ހެޔޮ‘ ފާހަގަ ނޫން އެހެން އެއްވެސް ފާހަގައެއް ޖަހަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލްއުސްތާޒު ރިފްޢަތު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރިފްޢަތު މިކަން ސާފުކޮށްދެއްވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައެވެ.

ރިފްޢަތު ވިދާޅުވީ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ބަޔާންކޮށްފައިވަނީ ވޯޓު ކަރުދާހުގައި އޮންނަންވާނީ ރަނގަޅު ފާހަގަ އެކަނި ކަމަށެވެ. އެހެންކަމުން، ރެފަރެންޑަމް ވޯޓުގައިވެސް އަމަލުކުރަންޖެހޭނީ އެ އުސޫލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވޯޓު ކަރުދާހުގައި ކުރެވިފައިވާ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ”އާނއެކޭ“ ނުވަތަ ”ނޫނެކޭ“ އޮންނަ ގޮޅީގެ ތެރެއިން އެމީހަކު ބޭނުންވާ ގޮޅިއެއްގައި ރަނގަޅު ފާހަގަ ޖެހުމުން ފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އާނއެކޭގައި ރަނގަޅު ފާހަގަ ޖަހައިފިކަމަށް ވަނީނަމަ ނޫނެކޭގައި އިތުރު ފާހަގައެއް ޖަހާކަށް ނުޖެހޭނެ. ހަމައެގޮތަށް ނޫނެކޭ އޮންނަ ގޮޅީގައި ރަނގަޅު ފާހަގަ ޖަހަނީ ކަމަށްވާނަމަ އާނއެކޭ އޮންނަ ގޮޅީގައި އެއްވެސް ފާހަގައެއް ޖަހާކަށް ނުޖެހޭނެ،“ ރިފްޢަތު ވިދާޅުވިއެވެ.

އަދި ދެ ގޮޅީގައިވެސް ފާހަގަ ޖަހައިފިނަމަ އެ ވޯޓަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.

އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން އިންތިޚާބެކެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނެ ސުވާލަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ފެނޭތޯ ކުރެވޭ ސުވާލެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ މި ސުވާލަކީ ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ހޯދުމަށް ކުރެވޭ ސުވާލެކެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ މި އިންތިޚާބުތަކަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: