ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު އިސްލާހު ކުރުމުގެ މަސައްކަތް ދެން އަވަސް ވާނެ: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތައް އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން އަލަށް އައްޔަން ކުރި ކޮމިޝަނަރ . އޮފް ޕްރިޒަންސްގެ ސަބަބުން އަވަސް ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

އަބްދުﷲ މުނާޒް ކޮމިޝަނަރ އޮފް ޕްރިޒަންސްގެމަގާމުންް ވަކި ކުރުމަށް ފަހު އެ މަގާމަށް އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅު އައްޔަން ކުުރުމާއިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޖަލުތައް އިސްލާހު ކުރަން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ، ޖަލު އޮޑިޓްގެ ރެކޮމަންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް އާ ކޮމިޝަނާ ހަލުވިކޮށް ކުރިއަށްދަވާނެ ކަމަށެވެ.

އަހުމަދު މުހައްމަދުފުޅު، އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖަލުތައް އޮޑިޓް ކުރި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފަ އެވެ.

މަގާމުން ވަކި ކުރެއްވުމުން މުނާޒް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދި ބޭރުން ގުޅިގެން ޖަލުތެރެ ހިލުވާލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި  މަގާމުން ވަކިކުރީ އެކަން ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށްވެސް މުނާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: