ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަންހެނުން ޚިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން.، ހިތްވަރުދޭކަމެއްވެސްނޫން“ މިނިސްޓަރ އަމީން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

”އަންހެނުން ޚިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން. އަދި ހިތްވަރުދޭކަމެއްވެސްނޫން“  ކަމަށް ހެލެތް މިނިސްޓަރު އަބްދުﷲ އަމީންް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު އަމީން މިހެން ވިދާޅުވީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލްކުރަން އެދި އެޗްޕީއޭއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.

އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް، އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިފައެވެ.

https://twitter.com/MoHmv/status/1219956773081116672

އިސްލާމިކް މިނިސްޓްރީން ފަތުވާ މަޖިލީހަށް ފޮނުވި އެ ސިޓީއާއި ގުޅިގެން އަންހެން ކުދިން ހިތާނުކުރަން ނުޖެހޭ ކަމަށާ އެއީ ދީނުގައިވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން  ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ދީނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިންސާނުންގެ ރައްކާތެރިކަމަށް ދީން ބާރު އަޅާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: