ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ޓެކްސީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި!

ފޮޓޯ: އެމްޓީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޓެކްސީ ހޯދުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، ”މާލެ ޓެކްސީ ލައިން“ ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މި ޚިދުމަތް އިފުތިތާޙުކޮށްދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ފަރުމާކޮށްގެން ފެށި މުހިންމު މަޝްރޫއެކެވެ.

މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، ވާރޭވެހޭ ގަޑިތަކާއި ބަންދު ދުވަސްތަކުގައި ޓެކްސީ ނުލިބިގެން އާންމުން އުފުލަމުންދާ ތަކުލީފުތަކަށް މި މަޝްރޫއާއެކު ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ހިދުމަތާއި ބެހޭގޮތުން އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ކުރިޔަށްވުރެ ފަސޭހައިން ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމެވެ. މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި ޓެކްސީ ލައިންގެ ޚާއްސަ ސިފަތަކުގެ ތެރޭގައި:

  • ޚިދުމަތުގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި (އިލެކްޓްރިކް) އުޅަނދުތަކެވެ.
  • ތަފާތު 3 ސައިޒެއްގެ އުޅަނދު މި ޚިދުމަތުގައި ހިމެނެއެވެ.
  • މިއީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތެކެވެ.

މި އައު ޚިދުމަތާއެކު، މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: