ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ބޮޑު ކާމިޔާބީއެއް ހޯދާނެ – އަދުރޭ

އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ވެގެންދާނީ، ޕީޕީއެމް އަށް ކައުންސިިލް އިންތިޚާބެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބޭނޭ އިންތިޚާބަށް ކަމަށް އިދިކޮޅު ކޯލިޝަންގެ އެއް ބައިވެރިޔާ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި އަތޮޅުތެރެއަށް ކުރި ދަތުރުތަކުން ފެނުނީ ރައީސް ޔާމިން އަށް އޮތް ތާއީދު ކަމަށާއި ރައްޔިތުން ތިބީ ޕީޕީއެމް އަށް ކައުންސިލް އިންތިޚާނު ކާމިޔާބުކޮށްދޭން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ރާއްޖެ މިހާރު މި އޮތް އަނދަވަޅުން އަރައިގަންނަން ކަމަށެވެ. އެހެންކަމުން، މި އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެްމުން ބޮޑު ތަނުން ކާމިޔާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ރައްޔިތުން ތިބީ ޕީޕީއެމް އަށް އިންތިޚާބު ކާމިޔާބުކޮށްދޭން، މިހާރު ރާއްޖެ މި އޮތް އަނދަވަޅުން ސަލާމަތްކުރަން ރައްޔިތުން އެބަ ބޭނުންވޭ“ އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގައި ތިބީ އިހްލާސްތެރި، ތެދުވެރި ބޭފުޅުން ކަމުގައި ވާނަމަ، ބޮޑު ތަނުން ޕީޕީއެމް މި އިންތިޚާބު ކާމިޔާބުކުރާނެ ކަމަށެވެ. އަދި މި ރާއްޖޭގައި އަދިވެސް ތާއީދު އޮތީ ރައީސް ޔާމިންގެ ފިކުރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވ އަދި މ އަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ 3 ދުވަހު ކުރެއްވި ދަތުރުތަކުގައި، ރައީސް ޔާމިން އަށް އޮތް ތާޢިދު ފެނިގެން ހިނގައްްޖެ ކަމަށެވެ. މިއީ ދުވަހުން ދުވަހަށް އެމަނިކުފާނަށް އޮތް ތާޢީދު އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެ ތާޢީދުގެ އަސްލަކީ އެމަނިކުފާނު ގެންނެވި ތަރައްޤީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: