ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ޙައްޤަކަށް އުނިކަން އަންނާނެ ކަމެއް ނޫން: ޤާސިމް

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ލިބިދޭ އެއްވެސް އަސާސީ ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި، މި އިޞްލާޙާ ދެކޮޅަށް ވޯޓު ދީފިނަމަ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެއެވެ.

ޤައުމުގެ އަމާންކަމާއި ސަލާމަތަށްޓަކައި މިކަމަށް ”އާއެކޭ“ ބުނުމަށް އިލްތިމާސް ކުރައްވަމުން ޤާސިމް ވިދާޅުވީ، ދެ ވޯޓު އެއް ދުވަހެއްގައި ލެވޭގޮތަށް އޮތުމަކީ ވަރަށް ބޮޑު މަސްލަހަތެއް އޮތް، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް“ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މެދު އޮތް ޒާތީ ހަސަދައެއްގެ ސަބަބުން ބަޔަކު ދެކޮޅު ހަދަމުންދާކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ޓެކްސްތައް ބޮޑުކޮށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް އަޅަންޖެހެނީވެސް އިޤްތިޞާދީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ސަރުކާރުން ވަޒީފާތައް ދެމުންދަނީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ކަމަށާއި، މިއީ ކުރީގެ ސަރުކާރުތަކުންވެސް އަމަލުކުރަމުން އައި ގޮތްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އިނާޔަތްތައް ދެމުންދާތީ ޤާސިމް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ޤައުމަށް އެއްވެސް ކުރިއެރުމެއް ހޯދައިދީފައި ނުވާ ކަމަށް ވިދާޅުވެ، އެފަދަ ބޭފުޅުންނަށް އިނާޔަތް ދިނުމަކީ ޙައްޤު ކަމެއް ނޫން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: