މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިފަދައިން ހާމަކޮށްފައި ވަނީ މިނިސްޓްރީގެ ރަސްމީ ޓިވިޓާއެކައުންޓުން ކުރި ޓުވިޓެއްގައެވެ.
”މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން އަންނަނީ ހުރަސްއަޅަމުން.“ މިނިސްޓްރީގެ ޓްވީޓުގައި ބުންޏެވެ.
https://twitter.com/MoGFSSmv/status/1220593281202966528
ނަމަވެސް މިނިސްޓްރީން މިކަމާގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި ހުރަސް އަޅަނީ ކޮހިނެއްތޯ ކޮންބައެއްތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް މިނިސްޓްރީން ޖަވާބް ދީފައެއް ނުވެއެވެ.

