ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރި: އެޑިއުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދަސްވާރު ޕްރޮގްރާމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަމާޒު ކުރެވިފައި އޮތީ ސްކޫލުތަކުގައި ތައުލީމީގޮތުން ނަތީޖާ ދަށް ކުދިންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ގިނަ ދަރިވަރުންނަށް ކޮށްފައިވާ ކަމަށެވެ.

ދަސްވާރު ޕްރޮގްރާމު އުވާލަން ނިންމުމާ ގުޅިގެން ނެރުބަޔާނުގައިވާ ގޮތުން ދަސްވާރު އަމާޒުކޮށްފައިވަނީ ތައުލީމީގޮތުން ދަށް ކަމަށް “ބަޔަކު ފާހަގަކުރާ” ދަރިވަރުންނަށެވެ.

ޕްރޮގްރާމް އަމާޒްކޮށްފައި އޮތް ގޮތުން އެ ޕްރޮގްރާމުގައި ކުދިން ބައިވެރިކޮށްފައިވަނީ ވެސް އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ސްކޫލުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވައި ދަސްވާރު ހެދުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމްގެ މަރުހަލާ އަށް ވަރަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށްފައިވެއެވެ.

ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ގްރޭޑު 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑުތަކުގައި ވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ‘ލުއި’ ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައި ވެ އެވެ. ނަތީޖާއަކަށް ވެފައިވަނީ ސްކޫލަށް ދިއުމުގެ މަގުސަދު ބައެއް ދަރިވަރުންނަށް ހާސިލްވެފައި ނުވުމެވެ،” ބަޔާނުގައިވެ އެވެ.

ދަސްވާރު އުވާލިއަސް ބައެއް ސްކޫލުތަކުގައި ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ގްރޭޑު 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އެއް މާއްދާ ހަދަންޖެހޭނެ ކަމަށެވެ. މަޖުބޫރު ހަތަރު މާއްދާއަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ.

ދަސްވާރު ޕްރޮގްރާމް އުވާލިނަމަވެސް ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: