ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ވެރިނުވާ ސުންޕާކަމެއް ނެތް: ސައީދު

ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު މުޙައްމަދު ސަޢީދު—ފޮޓޯ:- ރައްޔިތުންގެ މަޖްލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ވެރިނުވާ ހިތާމައެއް ސުންޕާކަމެއް ނެތް ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ސައީދު ވިދާޅުވީ ޤައުމު އެފަދަ ހާލެއްގައި އޮތްއިރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވަނީ ހުދު ބޫޓެއް ހިއްޕަވައިގެން ދުވަން ކަމަށެވެ.

ގައުމު ކޮންމެ ޙާލަތެއްގައި އޮތަސް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ދުވުމެއް، ފެތުމެއް، ނެށުމެއް އޮވެއްޖެއްޔާ މިސަރުކާރުގެ ކޮންމެވެސް ބޮޑު މީހަކު ބައިވެރިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ވަރަށް ފުން އަނދަވަޅަކަށް ވެއްޓޭނެއެވެ. އަދި ޕީޕީއެމް-ޕީއެންސީގެ މެންބަރުން މާޔޫސްވާނެ ކަމެއް ނެތް ކަމަށާއި އެމްޑީޕީ ވެއްޓެމުންދާ ފުން އަނދަވަޅުގެ ސަބަބުން ވަރަށް އަވަހަށް އެޕާޓީ ބަލިވެގެންދާ ތަން ފެންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ވަރަށް ރަނގަޅަށް އެމްޑީޕީ ބަލިކޮށް 2023 ވަނަ އަހަރު، ޕީޕީއެމް-ޕީއެންސީ އިން ރާއްޖޭގެ ވެރިކަން ކުރާނެ ކަމަށެވެ. އަދި އެކަމަށް މާތް ﷲ ފިޔަވައި ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަން ތިބީ ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

“ވަރަށް ފުން އަނދަވަޅަކަށް އެމްޑީޕީ އެބަވެއްޓޭ، އެ މީހުން ބަލިވާނެ، މާތް ﷲ ގެ ވާގިފުޅާއެކު ވަރަށް ރަނގަޅަށް އެމްޑީޕީ ބަލިކޮށް 2023 ވަނަ އަހަރުގައި މި ގައުމުގެ ވެރިކަން ޕީޕީއެމް-ޕީއެންސީން ކުރާނެ” ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރިމަގާއި މިނިވަންކަން “ފުނޑާލައިފި” ކަމަށާއި ރާއްޖޭގައި މިހާރު ހިނގާ ކަންކަމާ ސަރުކާރު ކޯލިޝަނުން ޒިންމާ ނަގަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

“ހަތަރު ޕާޓީގެ މައްޗަށް މިއޮތް ކޯލިޝަންއަކީ އެއްބައެއް، އެއީ އެމްޑީއެން، ދީނަށް ފުރައްސާރަ ކުރިޔަސް، ދިވެހި ރާއްޖޭއަށް ހިތާމައާއި މުސީބާތެއް އަޔަސް ޒިންމާ ނަގަން ތިބި ސަރުކާރުގެ ހަތަރު ތަނބު އެއ” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފައިސާ ރައްކާކުރާ ބަންޑާރަ ފޮށީގައި ހުރި ފައިސާކޮޅު ހުސްވަމުންދާ ކަމަށެވެ. ބަންޑާރަ ފޮށީގެ ގޮތުގައި ގައުމީ ރިޒާވް އަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ތިންމަސް ދުވަހުގެ ކާޑު ގަނެވޭވަރަށް ދިވެހިރާއްޖޭގެ މާލީ ރިޒާވްގައި ފައިސާ ނެތް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ގެނެސް ދެއްވި 50 އަހަރުގެ ތަރައްގީ މިހާރު ބަދަލުވާން ފަށައިފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: