ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ އަށް ހުރަސް އަޅަން ވެރިން އެއްތަން ނުވަނީ އެބޭފުޅުން ވެސް ޝިކާރަވެފައި ތިބީބާ؟ – މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާ އަށް ހުރަސް އަޅަން ވެރިން އެއްތަން ނުވަނީ އެބޭފުޅުން ވެސް ޝިކާރަވެފައި ތިބީމަތޯ؟ 18 ވަނަ ރައްޔިތުންގެ މަޖިލީޙުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ. 

ރީކޯ މޫސަ މިއަދުކުރި ޓްވީޓެއްގައި ވަނީ، ދުންފަތާ މީހުން ދުރުކުރުމައް ވެސް ގާނޫނަކުން މަނާކޮށް ސިނގިރޭޓު ފޮށީގައި ބިރުވެރި ފޮޓޯ ޖަހާ ހަދާ އިރު، ޖިންސީ ގޮތުން މިހާ ނިކަމެތި ހާލަކައް ދިވެހިން ވެއްޓޭއިރު ގާނޫނުތަކުން ވިޔަސް އެކަމަށް ހުރަސް އަޅަން ކޯލިޟަންގެ ވެރިން އެއްތަން ނުވަނީ އެ ބޭފުޅުން ވެސް ޝިކާރަ ވެފަ ތިބީމަތޯ؟ ސުވާލުކުރައްވާފައެވެ.

“ދުންފަތާ. މީހުން ދުރުކުރުމައް ވެސް ގާނޫނަކުން މަނާކޮއް ސިނގިރޭޓު ފޮށީގަ ބިރުވެރި ފޮޓޯ ޖަހާ ހަދާ އިރު ޖިންސީ ގޮތުން މިހާ ނިކަމެތި ހާލަކައް ދިވެހިން ވެއޓޭއިރު ގާނޫނުތަކުން ވެސް ހުރަސް އަޅަން ކޯލޟަންގެ ވެރިން އެއްތަން ނުވަނީ އެ ބޭ ފުޅުން ވެސް ޝިކާރަ ވެފަ ތިބީ ބާއޭ. އެބަ ހިތައް އަރާ” މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މިގޮތަށް ސުވާލުކުރައްވާފައި މިވަނީ، ވިދިވިދިގެން ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އާންމުން ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭއާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ދަނީ ސިލްސިލާ އެއްވުންތަކެއް ބާއްވާ އަޑުއުފުއްލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: