ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ވޫހާންގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ޗައިނާ އާއެކު މަޝްވަރާކުރައްވައިފި!

ޗައިނާގެ ވޫހާން ސިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވޫހާން ސިޓީގައި ތިބި 7 ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލްފާސިލް އަހުމަދު ޙަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑަރ ޒަންގ އާއި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި 7 ދިވެހުންގެ ހާލު ވެސް ރަނގަޅެވެ. އަދި ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްޞަކޮށް ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިކަމާއި ގުޅޭގޮތުން، ފޮރިން އެފެއާޒުން ދަނީ، ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާކުރަމުންނެވެ.

ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ. އަދި ދަރިވަރުން ކިޔަވަމުނަގެންދާ ޔުނިވަރސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައްވެސް ބައްލަވާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ވަނީ ދެއްވާފައެވެ.

ޗައިނާގެ އެކި ހިސާބުތަކަށް މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިއްބެވި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒު ނުވަތަ ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރެއްވުމަށް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ކޮންސިއުލަރ އިމަރޖެންސީ ނަމްބަރު: 7983400

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: