ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި މަންޒަރު: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކުން ލިބުނު ކާމިޔާބީއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ”ހުދުމުޚުތާރު އެޖެންޑާ“ އަށް ރައްޔިތުން ދިން ސާފު ”ނޫނެކޭ“ މެސެޖެއް ކަމަށް އެމްޑީޕީގެ ކުރރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމު މެންބަރުންނެވެ.

ފައްޔާޒް ވިދާޅުވީ، މިއަދުގެ އިންތިޚާބުތަކުން ދިވެހި ރައްޔިތުން ރައީސް މުޢިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ސިޔާސަތުތަކާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

”މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް“

މީގެއިތުރުން، އެއް އަމާޒަކަށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަޑު އުފުލައި މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފައްޔާޒްގެ ޕޯސްޓް ނިންމާލައްވާފައިވަނީ ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ ކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: