ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވާން ބޭނުންވަނީ ދެތިން މީހެއް: ރައީސް ނަޝީދު

ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ—ފޮޓޯ:- އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީން ވަކިވެ ވަކި ރަށެއްގެ ހައިސިއްޔަތު ހޯދަން ހުޅުދޫ އާއި މީދޫ އިން ބޭނުންވަނީ ދެތިން ހަތަރު މީހެއް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މެނިފެސްޓޯ އެކުލަވާލުމާ ބެހޭގޮތުން ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެމްޑީޕީގެވެސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ ހުޅުދޫ އާއި މީދޫގައި ރަށު ކައުންސިލް އުފައްދައިދިނުމަށް އެދި ހުށަހަޅާފައި ވަނީ ދެތިން ހަތަރު މީހަކު ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަކީ ގަބީލާ ވަންތަކަމުން އަރައިގަނެވޭތޯ އުޅޭ ބައެއް ކަމަށާއި ރަށްރަށާއި، އަވަށް އަވަށުގެ ވާހަކަ ދެއްކުން ހުއްޓާލެވޭތޯ އުޅޭ ބައެއް ކަމަށެވެ.

މާލޭގައި ވެސް އަވަށު މައްސަލަތައް އޮންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކި އަވަށްތަކުން އަނެއް އަވަށްތަކުގެ މަސައްކަތުގެ ދާއިރާއަށް ވަންނަ މައްސަލައަކީ ބޮޑުވެފައި އޮންނަ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އަވަށާއި، ރަށުގެ މީހަކަށް ވުމުގެ ބަދަލުގައި ކޮންމެ މީހަކީވެސް ދިވެހި ރައްޔިތަކަށްވުން މާ މުހިއްމުވެފައި ބުއްދިވެރިއެވެ.

ހުޅުދޫ މީހުންނާއި މީދު މީހުންނާއި އައްޑޫ ސީޓީން ވަކިވާން އުޅޭތީ މިފެންނަނީ އޭގެ ތެރެއިން ދެތިން ހަތަރު މީހަކު، މީހުންނޭ އަޅުގަނޑެއް ނުދަންނަވާނަން، ދެން ކޮންމެ ބޭފުޅަކަށް ވެސް ޕެޓިޝަނެއް ހަދައިގެން އެކަން ކުރެވޭނެ، އަޅުގަނޑު ދަންނަވަން ވެގެން މިއުޅޭ ވާހަކައަކީ އަވަށް ވީހާވެސް ބޮޑަށް، ރަށް ވީހާވެސް ބޮޑަށް ރަށުގެ މީހަކަށް، އައްޑޫސިޓީގެ މީހަކަށް ވެ ދިވެހި ރައްޔިތަކަށް ވެވުނިއްޔާ މާ ބުއްދިވެރި ވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވެ، ވަކި ރަށެއްގެ ހައިސިއްޔަތު ހޯދައި، އެ ދެ ރަށުގައި ރަށު ކައުންސިލް އުފައްދައިދިނުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރިއެވެ. އަދި އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އީސީގެ ރައީސް އަހުމަދު ޝަރީފުގެ އިތުރުން އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ މަސައްކަތްތައް ބައްޓަންވެގެން ދާނީ އައްޑު އަށް ބޭނުންވާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި ލިބޭ އާމްދަނީ އައްޑޫގައި ދައުރުކުރެވޭނެ ގޮތެއް ހޯދައި، ވަޒީފާގެ ފުރުސަތުތައް ފަދަ ކަންކަން އިތުރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

“ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ވަޑާންކުރުމާއި މަސް ފެކްޓްރީ އާއި ޓޫރިޒަމް ފަދަ ދާއިރާތަކުން ކުރިއަށް ދެވޭނެ ގޮތްތައް ހޯދައި އެ ސިނާއަތްތައް އައްޑޫގައި ފުޅާކުރުމަކީ ކުރަން ޖެހޭ ކަންކަމެއް، އެގޮތުން ކައުންސިލުން މި އަހަރަށް ހަމަޖެއްސި ބަޖެޓާއި ދައުލަތުން ކައުންސިލަށް ދޭ ބަޖެޓާ އެކު ތަރައްގީގެ މަޝްރޫއުތައް ފުޅާކޮށް ހިންގޭނެ” ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ކައުންސިލުން މި އަހަރު 73 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. އަދި ކައުންސިލަށް ލިބޭ އާމްދަނިއާ އެކު ބަޖެޓް 80 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން ދައުލަތުން ވަނީ ބަޖެޓްގެ ގޮތުގައި މި އަހަރު އައްޑު އަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: