ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ކުރަން ނޭނގޭ ބަޔަކަށް ލާމަރުކަޒީ ވެރިކަމެއް ނޭނގޭނެ – އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރަން ނޭނގޭ ބަޔަކަށް، ލާމަރުކަޒީ ވެރިކަމެއް ނޭނގޭނެ ކަމަށް ޕީއެންސީ ޕީޖީގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިންތިޚާބުތަކުގެ ވާހަކަދަައްކަން އެންމެ ލަދުގަންނަންޖެހޭނީ، އިންތިޚާބު އޮޅުވާލާ ބަޔަކު ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބުތައް އޮޅުވާލާ ބަޔަކު  އެ ވާހަކަ ނުދެއްކުމަށް އޭނާ ވަނީ ގޮވާލާފައެވެ.

https://twitter.com/fakkolayano/status/1221004879088349185?s=19

އާދަމް ޝަރީފު މިހެން ވިދާޅުވީ އިންތިހާބުގެ ވާހަކަދައްކަން ޕީޕީއެމްއިން ލަދު ގަންނަންޖެހޭ ކަމަށް ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ދެއްވި ރައްދެއްގެ ގޮތުގައެވެ.

“އެޖެންޑާ 19 ރަށަށް” ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އައްޑު ސިޓީގައި ބޭއްވި ވޯރކްޝޮޕްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ބާރުގައި އޮތް ދުވަހު އިދިކޮޅު ޕީޕީއެމްގެ މަސައްކަތަކަށްވީ ލާމަރުކަޒީ ނިޒާމް ރޫޅާލުމަށްކަމަށާއި ލޯކަލް ކައުންސިލް އިންތިހާބަކީ އެބޭފުޅުން ދަންނަ ނުވަތަ އެބޭފުޅުންނާ ގުޅޭވެސް ކަމެއްނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރިކަމުގައި ވިޔަސް ލާމަރުކަޒީ ނިޒާމު ހިންގަން އުޅޭ ބައެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އެ ޕާޓީ ނުދެކޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: